ތިޔަ ބޭފުޅުން އާންމުކޮށް ކުރައްވާ ސުވާލުތައް
ކައުންސިލް އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަ ހަކު (އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް) ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ. (ހުކުރު އަދި ހޮނިހިރު ދުވަހާއި ރަސްމީ ބަންދު ދުވަސްތަކުގައި އިދާރާ ބަންދުވާނެއެވެ.)
ކައުންސިލުން ދޫކުރާ ޚިދުމަތްތަކަށް ކައުންސިލްގެ އޮފީހަށް ކައުންޓަރަށް ހުށަހަޅައިގެން ނުވަތަ ވެބްސައިޓް މެދުވަެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ.
ރަށުން ގެދޮރުވެރިކަމަށް ނުވަތަ އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި އިއުލާންތައް ކައުންސިލްގެ ވެބްސައިޓްގެ 'އިއުލާން' އަދި 'ޑައުންލޯޑް' ބައިން ފެންނަން ހުންނާނެއެވެ. އަދި މިފަދަ ކަންކަން ސަރުކާރުގެ ގެޒެޓުގައިވެސް އިއުލާން ކުރާނެއެވެ.
ރަށުގެ ތަރައްގީއާ، އާންމު އިޖުތިމާއީ ކަންކަމާ ގުޅޭގޮތުން ނުވަތަ ކައުންސިލްގެ ޚިދމަތްތަކާ ގުޅޭ ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތްނަމަ، ފޯނުން ނުވަތަ ކައުންސިލްގެ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.އަދި ސީދާ ކައުންސިލަރުންނަށް ނުވަތަ އތމ ކޮމެޓީ މެންބަރުންނަށް ވެބްސައިޓް މެދުވެރިކޮށް ފޮނުވޭނެއެވެ.
ރަށު ކައުންސިލުން ކަނޑައަޅާފައިވާ ގަޑިތަކާއި އުސޫލާ އެއްގޮތަށް ރަށުގެ ކުނީގެ ޚިދމަތް ފޯރުކޮށްދެވެއެވެ. މިކަމާ ގުޅޭ ތަފްސީލީ ގަޑިތަކާއި އުސޫލުތައް ކައުންސިލްގެ ނޯޓިސްބޯޑުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ
ކައުންސިލުން ބާއްވާ އާންމު ކައުންސިލް ބައްދަލުވުންތަކާއި، ރައްޔިތުންނާ ބައްދަލުކުރާ އާންމު ބައްދަލުވުންތަކުގެ މައުލޫމާތު ކުރިއާލާ އިއުލާން ކުރެވޭނެއެވެ. އަދި ގާނޫނުގައިވާ ގޮތުގެމަތިން މިފަދަ ބައްދަލުވުންތަކުގައި ރައްޔިތުންނަށް ބައިވެރިވެވޭނެއެވެ.
ކައުންސިލް އިދާރާގެ ރަސްމީ ފޯނު ނަންބަރު 4000312 އިން ރަސްމީ ގަޑިތަކުގައި ގުޅައިގެން މައުލޫމާތު ސާފުކުރެއްވޭނެއެވެ.