EN
ހުރިހާ އިވެންޓް
ފާއިތުވި

މިނިވަންދުވަހުގެ ވޮލީ މުބާރާތް

30 ޖުލައި 2026 · 09:00 — 31 ޖުލައި 2026 · 05:29

ކައުންސިލް އޮފީސް

މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން، ވޮލީގެ ޚާއްސަ މުބާރާތެއް މާދަމާ، 2026 ވަނަ އަހަރުގެ ޖުލައި 30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލުން އިންތިޒާމުކުރާ މި ހަރަކާތުގެ މަޤްސަދަކީ ކުޅިވަރުގެ ރޫހު އާލާކޮށް، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމެވެ.

މި މުބާރާތުގެ އެއްވަނައަށް ދާ ޓީމަށް 2000 ރުފިޔާ އަދި ދެވަނަ ޓީމަށް 100 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މުބާރާތުގެ ހުރިހާ މެޗުތަކެއް ކައުންސިލްގެ ގޯތިތެރޭގައި ކުރިއަށްދާނެއެވެ. މި ގައުމީ މުނާސަބަތު ކުޅިވަރުގެ ރޫހުގައި ފާހަގަކުރުމަށްޓަކައި ކުޅިވަރަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށާއި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

ފޮޓޯ ގެލެރީ